މެލޭޝިޔާގައި ދިވެހި ޕާސްޕޯޓާއި އައިޑީ ކާޑު ދޫކުރަން ފަށައިފި އެވެ.
އެކަން އިފްތިތާހުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މެލޭޝިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އެ ގައުމުގައި ދިރިއުޅޭ ދިވެހީންނާ ބައްދަލުކުރެއްވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން އެވެ.
އެގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ ޕާސްޕޯޓް ހެއްދި 18 އަހަރު ނުވާ ކުއްޖަކަށާއި އަދި އައިޑީކާޑު ހެއްދި މީހަކަށް އެ ތަކެތި ހަވާލުކޮށްފަ އެވެ.
އެ ތަކެތި ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ.
Dhivehi E-Passports will now be issued in Kuala Lumpur, Malaysia, making passport services more accessible for Maldivians abroad
މެލޭޝިޔާގެ ކުއާލަލަމްޕޫރުން މިހާރު ދިވެހި އީ-ޕާސްޕޯޓު ލިބިލައްވާނެ. މަޤްސަދަކީ، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް… pic.twitter.com/FeZwhr9i6P
— Maldives Immigration (@ImmigrationMV) April 28, 2025
އައިޑީ ކާޑާއި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް މިއަދު އިފްތިތާހުކުރި ނަމަވެސް އެ ހިދުމަތް އާންމުކޮށް ލިބެން ފަށާނީ މާދަމާ އެވެ.
މެލޭޝިއާގައި ޕާސްޕޯޓްއާއި އައިޑީކާޑު ދޫކުރަން ފެށިއިރު ހޯމް މިނިސްޓްރީން މި މަހު ބުނި ގޮތުގައި ދިވެހީން އާންމުކޮށް ގޮސްއުޅޭ ސްރީލަންކާއާއި، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި ވެސް އައިޑީ ކާޑު ދޫކުރުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
މީގެ ކުރިން ވެސް ރާއްޖޭގައި ޕާސްޕޯޓް ހެއްދުމަށް ފަހު މެލޭޝިޔާ އެމްބަސީ މެދުވެރިކޮށް ޕާސްޕޯޓް ލިބެ އެވެ.