
މެދުކެނޑިފައި އޮތުމަށް ފަހު ގައުމީ އެއާލައިން މޯލްޑިވިއަންއިން ބަނގުލަދޭޝްއަށް އަލުން ދަތުރުތައް ފަށައިފިއެވެ.
އެ ދަތުރުތައް އަލުން ފެށީ މިއަދުއެވެ.
އަދި މިހާރު ރާއްޖެއިން ބަނގުލަދޭޝްއަށް ސީދާ ދަތުރުކުވޭނެ ކަމަށް ވެސް މޯލްޑިވިއަންއިން ބުންޏެވެ.
މޯލްޑިވިއަންއިން ބަނގުލަދޭޝްއާއި ރާއްޖެއާ ދެމެދު ބާއްވަމުން އައި ދަތުރުތައް ހުއްޓާލީ މިދިޔަ އަހަރުގެ މޭ މަހުއެވެ.
މޯލްޑިވިއަންގެ އޭ320 މަރުކާގެ މަތިންދާ ބޯޓުތައް ބަނގުލަދޭޝްއަށް ދަތުރުކުރަން ބޭނުންކުރާ އިރު އެ ދަތުރުތައް އޮންނާނީ ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހުއެވެ.
ރާއްޖޭގައި ބަނގުލަދޭޝްގެ އެތައް ލައްކަ މަސައްކަތްތެރިން މަސައްކަތްލުރާއި ދެ ގައުމުގެ ދެމެދުގައި ދަތުރުފަތުރުތަކަށް ބޮޑު ޑިޑިމާންޑެއް އޮވެއެވެ.

