
މުޅި ރާއްޖޭގެ ސިއްހީ ހާލަތު ބަލަން ދިރާސާއެއް ކުރަން ޔުނިސެފްއާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.
މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިވެސްކޮށްފަ އެވެ.
އެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ނާޒިމް އެވެ. އަދި ޔުނިސެފްގެ ފަރާތުން ސޮއިކުރެއްވީ ހާއްސަ މަންދޫބު ޑރ. އެޑްވަޑް އަޑާއީ އެވެ.
“މަލްޓިޕަލް އިންޑިކޭޓާ ސާވޭ”ގެ ނަމުގައި ކުރިއަށް ގެންދާ އެ ސާވޭ ކުރިއަށް ގެންދާނީ އަންނަ އަހަރާއި 2027 ވަނަ އަހަރު ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
އެ ސާވޭގެ ދަށުން ދިވެހީންގެ ސިއްހަތާއި ދުޅަހެޔޮ ކާނާ ބޭނުންކުރާ މިންވަރު ފަދަ ކަންކަމާ ގުޅޭ ޑޭޓާ ނަގައި ދިވެހީންގެ ސިއްހަތު ރަނގަޅުކުރުމަށް ޕޮލިސީތައް އެކުލެވިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ފަހަކަށް އައިސް ރާއްޖޭގެ ސިއްހީ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.
އެގޮތުން ހަކުރު ބައްޔާއި ސްޓްރޯކާއި ކެންސަރު ފަދަ ދާއިމީ ބަލިތައް ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
އޭގެ އިތުރުން ނަފްސާނީ ބަލިތައް ވެސް އިންތިހާއަށް އިތުރުވެ އޯޓިޒަމް ވެސް އިންތިހާއަށް ރާއްޖޭގައި ވަނ ީ އިތުރުވެފަ އެވެ.

