މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އަށް ތިން މެންބަރަކު އިންތިހާބުކޮށްފި އެވެ.
ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި އިންތިހާބު ކާމިޔާބު ކުރީ އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު އާއި ދައުރު ނޫހުގެ ނޫސްވެރިޔާ މުހައްމަދު މުޒައްޔިނު ނާޒިމާއި އަދި އާންމު މެންބަރުގެ މަގާމަށް ހޮވުނު އަމިއްލަ ގޮތުން ވާދަ ކުރެއްވި ހައްވާ ވަޖުދާ އެވެ.
އިންތިހާބުގައި މުޒައްޔިން އަށް 50 ވޯޓު ލިބުނުއިރު ލީވާން އިންތިހާބުވީ 48 ވޯޓުންނެވެ. ވަޖުދާ އިންތިހާބުވީ 38 ވޯޓުންނެވެ.
މީޑިއާ ކައުންސިލަކީ މީޑިއާތަކުގެ 8 މެންބަރުންނާއި އާންމުންގެ ތެރެއިން އިންތިހާބު ކުރާ 7 މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ.
މީޑިއާ ކައުންސިލު އެކުލެވިގެންވަނީ މީޑިއާގެ އިދާރާތައް ތަމްސީލުކުރާ 8 މެންބަރުންނާއި އާންމުންގެ ތެރެއިން އިންތިހާބު ކުރެވޭ 7 މެންބަރުންނާއެކު ޖުމްލަ 15 މެންބަރުންގެ މައްޗަށެވެ.
ކައުންސިލުގެ މެންބަރުން އިންތިހާބު ކުރެވެނީ މީޑިއާގެ ކަންތައްތައް ހިންގެވުމަށް ސަރުކާރުން ހަވާލުކުރައްވާފައިވާ އިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ ޖަލްސާއެއްގައި ވޯޓުދީގެންނެވެ.
އެ ޖަލްސާގައި ވޯޓުދެނީ ރަޖިސްޓްރީ ކުރެވިފައިވާ ނޫސްތަކާއި ބްރޯޑްކާސްޓް ފަރާތްތަކުގެ ތެރެއިން ކޮންމެ ފަރާތެއް ތަމްސީލްކުރާ އެކަކަށެވެ.