މި އަަހަރުގެ ފުރަތަމަ ހަ މަހު އެކަނި މާލޭ ސަރަހައްދުގައި 1000އަށް ވުރެ ގިނަ އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ ޖަނަވަރީ 1 އިން ޖޫން 30 އާ ދެމެދު، މާލެ ސިޓީ، ސިނަމާލެ ބްރިޖް އަދި ހައިވޭ ސަރަޙައްދުތަކުގައި ޖުމްލަ 1101 މަގުމަތީގެ އެކްސިޑެންޓް ރިޕޯޓްކޮށްފައި ވެއެވެ.
ފުލުހުން ބުނީ އެ ހާދިސާތަކުގެ އެންމެ ގިނައީ ސައިކަލާއި ކާރު ޖެހިގެން ހިންގާފައިވާ އެކްސިޑެންޓްތައް ކަމަށާއި ގިނަ ހާދިސާތައް ދުވާލުގެ ވަގުތުގައި ހިނގާފައިވާއިރު ހަ އިންސައްތަ އެކްސިޑެންޓްގައި ބޮޑެތި އަނިޔާތައް ވެފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުތަކުގެ ތެރެއިން 61 އެކްސިޑެންޓަކީ ސީރިއަސް އެކްސިޑެންޓު ކަމަށާއި އަދި 1040 އަކީ ކުދިކުދި އެކްސިޑެންޓުކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
މި އަހަރު އެކްސިޑެންޓުތަކުގައި
- 121 މީހަކަށް އަނިޔާ ލިބުނު
- 1107 ވެހިކަލަށް ގެއްލުންވި
ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 17 އަހަރުގެ ކުއްޖަކު މަރުވި އިރު ފުލުހުން މިއަދު ވަނީ އެންމެން ޓްރެފިކް ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި، އެކުގައި މަސައްކަތްކޮށްގެން އަޅުގަނޑުމެންގެ މަގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރަމަށް ވެސް އިލްތިމާސްކޮށްފަ އެވެ.