
މި ރަމަޟާންމަހާއި ޝައްވާލުމަހުގެ ހަ ރޯދައިގެ ނިޔަލަށް އިމިގްރޭޝަނުން ޚިދުމަތްތައްދޭ ގަޑިތައް އާންމުކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނީ، އިމުގާ މެދުވެރިކޮށް ޕާސްޕޯޓު އަދި އީވިސާއަށް އެދި ހުށަހަޅާ ފަރާތްތަކަށް 24 ގަޑިއިރު އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ.
ޕާސްޕޯޓު ނެގުމަށް މާލެއިން ނަންބަރު ދޫކުރުމަށް ހަމަޖެހިފައި ވަނީ ހެނދުނު 9:15 އިން މެންދުރުފަހު 13:00 އަށް ކަމަށާއި ހުކުރު ދުވަހު ހެނދުނު 9:15 އިން 11:00 އަށް ކަމަށެވެ. އަދި ރީޖަނަލް އޮފީސްތަކުން ޕާސްޕޯޓު ދޫކުރާނީ ހެނދުނު 9:15 އިން މެންދުރު 12:00 ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
މީގެ އިތުރުން މެޑިކަލް އިމަޖެންސީ ޙާލަތްތަކުގައި ޕާސްޕޯޓުގެ ޚިދުމަތް ބޭނުންވާ ފަރާތްތަކުން 9555333 އަށް ގުޅުއްވުމަށްއެދޭ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.
1447 ވަނަ އަހަރުގެ ރަމަޟާން މަހުގައި ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް. pic.twitter.com/4hbJiAmeVR
— Maldives Immigration (@ImmigrationMV) February 19, 2026
އިމިގްރޭޝަންގެ ހެޑް އޮފީސް ހުޅުވިފައި ހުންނާނީ ހެނދުނު 9:00 އިން މެންދުރުފަހު 13:00 އަށް ކަމަށާއި އެންފޯސްމަންޓު އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ ރިޕެޓްރިއޭޝަންއާ ގުޅުންހުރި ޚިދުމަތްތައް ހެނދުނު 09:00 އިން މެންދުރުފަހު 14:00 އަށް ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

