
ދައުލަތުގެ މީޑިއާއިން ކޮންމެ ހުކުރު ދުވަހަކު ގެނެސްދޭ ހެއްޔަންބޯ ޕްރޮގްރާމުގެ ޓްރެންޑިން ސެގްމެންޓުން މިހާރު ޓިކެޓް ވިއްކަމުންދާ ލިލީ ފިލްމުގެ ކާސްޓުންނާއި، ޕްރޮމޯ ލަވަ ހިމެނިއްޖެއެވެ.
ހެއްޔަންބޯ ޕްރޮގްރާމުގައި ކޮންމެ ހަފްތާއަކުވެސް އެ ހަފްތާއަކު އެންމެ ގިނައިން ދެކެވޭ ވާހަކައެއް ގެނެސްދެއެވެ. މިގޮތުން މިހަފްތާގެ ޕްރޮގްރާމުގައި އެންމެ ގިނަ މީހުން ބެލި ލަވައަކަށް ހޮވިފައިވަނީ ލިލީގެ ޕްރޮމޯޝަނަށް ހޭވައްލާ ބޮޑުބެރު ގްރޫޕާއެކު އުފެއްދި މާ ލިލީ ލަވައެވެ. އަދި އެންމެ މަޤްބޫލު މީހުންގެ ގޮތުގައި ހޮވިފައިވަނީ އަންނަ މަހު 20 ވަނަ ދުވަހު ޕްރިމިއާ ކުރާ ލިލީގެ ކާސްޓުންނެވެ.
ލިލީ އިން ވަނީ މިދިޔަ ހަފްތާ ބުރާސްފަތި ދުވަހު ޓްރެއިލާ ލޯންޗިންނަށް ބޮޑު އިވެންޓެއް ބާއްވާފައެވެ. އިވެންޓުގެ ފޮޓޯތަކާއި ވީޑިއޯތައް މީސްމީޑިގައި ވަނީ ވަރަށް ބޮޑަށް ވައިރަލް ވެފައެވެ.
ލިލީގެ ފުރަތަމަ ތިން ޝޯގެ ބުކިންއަށް މިހާރު ވަނީ ހުޅުވާލައިފައެވެ. އެމީހުންގެ ހޮޓްލައިން 7505079 އަށް ވައިބާ ކޮށްގެން ނުވަތަ book.lilythemovie.com އިންވެސް ޓިކެޓު ބުކް ކުރެވޭނެ އެވެ. ފުރަތަމަ ޝޯގެ ޓިކެޓްތައް ވަނީ ވިކި ހުސްވެފައެވެ. އަދި ހުކުރު ދުވަހުގެ މެންދުރު ޝޯއަށް ވެސް ވަނީ ހުޅުވާލާފައެވެ.
އަޒްހާން އިބްރާހިމް ޑައިރެކްޓު ކުރާ “ލިލީ” އަކީ ކްރިމް ތްރިލާ ޖޯންރާގެ ފިލްމެކެވެ. ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ޅ. ހިންނަވަރުގެ އިތުރުން ލ. އަތޮޅުގެ ރަށްތަކުގަ އެވެ.
ފިލްމުގެ މަންޒަރުތައް ނަގާދީފައިވަނީ ސަމާހު އިބްރާހިމް އެވެ. ފިލްމުގެ މަންޒަރުތައް ވަރަށް ހިތްގައިމެވެ. މިއީ ކްރިއޭޓިވް ނެޓްވޯކުގެ ކުޑައިގެ ދަށުން މުހައްމަދު އަރީހު ޕްރޮޑިއުސް ކުރާ ފިލްމެކެވެ.

