ފުލުހުންތަކެއްގެ އެކަައުންޓުތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލަ ބަލަން ފަށައިފި އެވެ.
ފުލުހުން މިރޭ މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ގިނަ އަދަދެއްގެ ފައިސާ ޖަމާކުރީ ށ. މިލަންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންގެ އެކައުންޓުތަކަކަށް ކަމަށެވެ.
އެހެންވެ އެ ފުލުހުންތައް މާލެ ގެނެސް ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑްސްއިން މައްސަލަ ތަހުގީގުކުރަން މިހާރު ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް ޖަމާކޮށްގެން އުޅެނީ ކިހާ ފައިސާއެއްކަމާއި އެ މައްސަލައިގައި ޝާމިލުވަނީ ކިހާ ފުލުހުންނެއް ކަަމެއް ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.