ނިމިދިޔަ ރޯދަ މަހު ރާއްޖެއިން އުމްރާއަށް ދިޔަ އުމްރާވެރިންނަށް އެއް މިލިއަން ޑޮލަރު ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)އިން ދޫކުރި ކަަމަށް ސަރުކާރުން ބުނެފި އެވެ.
ރޯދައަށް އުމްރާއަށްދާ މީހުން ގިނަވެ ޑޮލަރަށް ބާރު ބޮޑުވުން ކުޑަކުރުމުގެ ގޮތުން ސަރުކާރުން މިދިޔަ ރޯދަ މަހު ވަނީ ކޮންމެ އުމްރާވެރިއެއްގެ ބީއެމްއެލް ޑެބިޓް ކާޑަށް 1500 ޑޮލަރުގެ ލިމިޓެއް އިތުރަށް ހަމަޖައްސަވައި ދީފަ އެވެ.
“ބީއެމްއެލްއިންން ވަނީ މި އިރުޝާދާއި އެއްގޮތަށް، 1،005،172.82 އެެމެރިކާ ޑޮލަރު 15.42ގެ ރޭޓުން ޢުމްރާވެރިންނަށް ދޫކޮށްފައެވެ. މި ފައިސާ ޢުމްރާވެރިންނަށް ފޯރުކޮށްދިނީ، 8،979 ޓްރާންސެކްޝަން މެދުވެރިކޮަށެވެ.” ރައީސް އޮފީހުން މިއަދު ބުންޏެވެ.
ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި، ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން، ބޭރު ފައިސާއާބެހޭ ގާނޫނެއް އެކުލަވާލައި، ފާސްކޮށް، ތަންފީޒުކުރަން ވަނީ ފަށައިފައެވެ. އޭޣެ ނަތީޖާއެއްގެ ގޮތުން މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒަރވް ވަނީ އިތުރުވެފައެވެ. އަދި، 2025 ވަނަ އަހަރުގެ ސެޕްޓެންބަރ މަހުން ފަށައިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓްގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ޤާއިމްކުރުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ފަށައިފައެވެ.