
މިދިޔަ ހަފްތާ ބުރިޖާއި ހައިވޭ ހިމެނޭހެން މާލޭގައި 45 އެކްސިޑެންޓް ހިނގިކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުންގެ ހިދުމަތުން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ ބުރާސްފަތި ދުވަހު އެކަނިވެސް 10 އެކްސިޑެންޓް ހިނގި އެވެ.
އަދި މިދިޔަ އާދިއްތަ ދުވަހު ވެސް އަށް އެކްސިޑެންޓް ހިނގި އެވެ.
އޭގެ ތެރެއިން ގިނަ އެކްސިޑެންޓް ހިނގާފައިވަނީ މާލޭގަ އެވެ. އެއީ 42 އެކްސިޑެންޓް އެވެ. ބުރިޖާއި ހައިވޭގައި ހިނގީ އެންމެ ތިން އެކްސިޑެންޓް އެވެ.
އޭގެ ތެރެއިން ގިނަ އެކްސިޑެންޓްތަކަކީ ކުދިކުދި އެކްސިޑެންޓްތަކަކަށްވާ އިރު ސީރިއަސް އެކްސިޑެންޓްގެ ގޮތުގައި ރެކޯޑްކުރެވިފައިވަނީ އެންމެ ތިން އެކްސިޑެންޓްކަމަށް ފުލުހުން ބުންޏެވެ.
ގިނަ އެކްސިޑެންޓްތައް ހިނގާފައިވަނީ
- ކާރާއި ސައިކަލު ޖެހިގެން
- ސައިކަލާއި ސައިކަލު ޖެހިގެން
- ސައިކަލާއި ޕިކަޕު ޖެހިގެން
އެ އެކްސިޑެންޓްތަކުގައި 37 ވެހިކަލްއަކަށް ގެއްލުން ލިބުނުއިރު ތިން މީހަކަށް އަނިޔާވެސް ވިއެވެ.

