
މާލޭ ސިޓީ ކައުންސިލްއިން އަންނަ ރޯދަ މަހު ބާއްވާ ޤުރުއާން އަދި މަދަހަ ކިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
މާލޭ ސިޓީ ކައުންސިލްއިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ދެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.
އަދި މާލޭ ސިޓީ ކައުންސިލްގެ ވެބްސައިޓް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް ވެސް ބުންޏެވެ.
ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލާ ކިޔެވުމުގެ ގޮފި ހިމެނޭ އެ މުބާރާތުގައި ކޮންމެ ގޮތްޕެއްގައި ވެސް ހަ އުމުރުފުރާ ހިމެނޭނެކަމަށް ސިޓީ ކައުންސިލްއިން ބުންޏެވެ.
އެއީ 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16އަހަރުން ދަށާއި، 19އަހަރުންދަށެވެ. އުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2025 އަށް ދަރިވަރަށް ފުރޭ އަހަރަށެވެ. މަދަހަ ކިޔުން ވެސް ހުޅުވާލީ ހަމަ އެ އުމުރުފުރާތަކަށެވެ.
މުބާރާތުގައި ޤުރުއާން އަދި މަދަހަ ކިޔުމުން ވަނަ ލިބޭ ފަރާތްތަކަށް އަގުބޮޑެތި އިނާމުތައް ލިބޭކަމަށް ސިޓީ ކައުންސިލްއިން ބުންޏެވެ.
އެގޮތުން މަދަހަ ނުވަތަ ޤުރުއާން ކިޔަވައިގެން މުޅި މުބާރާތުން އެއްވަނަ ލިބޭ ފަރާތައް ދޭ އިނާމަކީ
- 1 ވަނަ -/10000ރ ޓްރޮފީ އާއި ސެޓްފިކެޓް
- 2 ވަނަ -/7000ރ، ޓްރޮފީ އާއި ސެޓްފިކެޓް
- 3 ވަނަ -/5000ރ، ޓްރޮފީ އާއި ސެޓްފިކެޓް

