
ރޯދަ ހަދިޔާގެ ގޮތުގައި ބަހަމުންދާ މަސްދަޅު މާލޭގައި ދޫކުރާނީ ރޯދައިގެ 15އާ ހަމައަށް ކަމަށް ސަރުކާރުން ބުނެފިއެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ބަހަން ފެށީ މިދިޔަ މަހުގެ 24ވަނަ ދުވަހުއެވެ. ކުރިން މާލެ ސަރަހައްދުގެ އެކި ހިސާބުތަކުން މަސްދަޅު ބެހި ނަމަވެސް މި މަހުގެ 11އިން ފެށިގެން މަސް ދަޅު ބަހަމުން ދިޔައީ ހަމައެކަނި މިފްކޯގެ ފިހާރަތަކުންނާއި މްސީއެލްޕީގެ ޕަބްލިކް ވަރކްސްއިންއެވެ.
ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވީ މަސްދަޅު ދޫކުރާނީ އެމްސީއެލްޕީގެ ޕަބްލިކް ވަރކްސް އަދި ހުޅުމާލޭ ފޭސް 1އާއި ފޭސް 2ގައި ހުންނަ މިފްކޯގެ ފިހާރައިން ރޯދަ މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
މިދިޔަ އަހަރުގެ 118،673މަސްދަޅު ކޭސް ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ބެހިއެވެ.

