
މާލޭގައި އުޅެނިކޮށް ނޭޕާލް އަންހެނަކު ގެއްލިގެން ހޯދަމުންދާ ކަން ފުލުހުން މިރޭ އިއުލާންކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި ހޯދަމުންދާ ނޭޕާލް އަންހެނަކީ 19 އަހަރުގެ ޒުވާނެކެވެ. ނަމަކީ ޕޫރްނީމާ ގަޖްމާ އެވެ.
އޭނާ ގެއްލުނުކަން ފުލުހަށް ރިޕޯޓް ކުރީ މިދިޔަ ބުރާސްފަތި ދުވަހުގަ އެވެ. ރިޕޯޓްކޮށްފައިވާ ގޮތުގައި އަންގާރަ ދުވަހުން ފެށިގެން އޭނާގެ ހަބަރެއް ނުވެ އެވެ.
ޕޫރްނީމާ ގަޖްމާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކޮށް މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅައި ހިއްސާކުރަން ފުލުހުން އެދިފައިވެ އެވެ.

