
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތަކަށް ކުރައްވާ ސިލްސިލާ ދަތުރުފުޅުގައި މާލެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ފުރަތަމަ މަންޒިލަކީ ކާށިދޫއެވެ.
ރައީސަށް ކާށިދޫންއިން ވަރަށް ހޫނު މަރުޙަބާއެއް ވަނީ ކިޔާފައެވެ. ކާށިދޫގައި ވެސް އެމަނިކުފާނު ވަނީ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ފައްޓަވައިދެއްވާފައެވެ. މިގޮތުން ވަނީ ކާށިދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއްގެ ބިންގާ އަޅައިދެއްވާފައެވެ. އަދި ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރެއް އެޅުމުގެ ޢަމަލީ މަސައްކަތް ވެެސް ފައްޓަވައިދެއްވާފައެވެ. މި މަސައްކަތް ހަވާލުކުރެވިފައި ވަނީ އާރްޑީސީއަށެވެ. ޑްރަޤް ރިހެބިލިޓޭޝަންގެ ޚިދުމަތްތައް އަތޮޅު ތެރޭގައި ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
މީގެ އިތުރުން ކާށިދޫގައި އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުގެ އިމާރާތާއި ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ވެސް އެމަނިފާނު ވަނީ ފައްޓަވައިދެއްވާފައެވެ. އަދި ކާށިދޫގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ރައްސްމިޔާތުގައި ވަނީ ކާށިދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުގެ އެއްބަސްމުގައި ސޮއިކޮށްފައެވެ.
ކާށިދޫއަކީ ދަނޑުވެރިކަމަން ނަފާ ހޯދަމުން އަންނަ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް ކަމުން، ރަށުގެ އަބާދީއަށް އެންމެ މުހިއްމުވާނެ އެއްކަމަކީ ރައްކާތެރި ގޮތުގައި ކާބޯތަކެތި ހައްދާ، ނަފާ ހޯދޭނެ ގޮތްތަކެކެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކާށިދޫގައި ދެމެހެއްޓެނިވި ގޮތުގައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކާބޯތަކެތި ހައްދާ، ނަފާ ހޯދުމުގެ މަސައްކަތް ކުރުމަށް 1 ހެކްޓަރުގެ ބިން ހަމަޖައްސަވައިދެއްވާފައެވެ.
ކާށިދޫއަށް ފަހު ދެން ރައީސް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާލެ އަތޮޅު ދިއްފުއްޓަށެވެ.

