މާލެއިން ޒުވާން ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުންގެ ހިދުމަތުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގެއްލިގެން ހޯދަމުން ދަނީ ބ. ކަމަދޫ/ މަންޒިލް, ޝަހުމުﷲ ސާޖިދު (33އ) ކަމަށެެވެ.
މާލޭގައި މިހާރު ދިރިއުޅެމުންދާ ޝަހުމު, ހަބަރެއްނުވާތީ އޭނާ ގެއްލިފައިވާ ކަމަށް ރޭ ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
“ޝަހުމުﷲ ސާޖިދާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެން” ފުލުހުން އެކްސްގައި ބުންޏެވެ.