މާލެއިން ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ ފެނިއްޖެ އެވެ.
މާލޭގައި ދިރިއުޅެމުންދިޔަ ބ. ކަމަދޫ/ މަންޒިލް, ޝަހުމުﷲ ސާޖިދު (33އ), ހަބަރެއްނުވާތީ ގެއްލިފައިވާ ކަމަށް އޭނާގެ އާއިލާއިން ރިޕޯޓުކުރީ އިއްޔެ އެވެ.
އެހެންވެ އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ރިޕޯޓުކުރަން ފުލުހުން އޮތީ އެދިފަ އެވެ.
އޭގެ ފަހުން ފުލުހުން މިރޭ އެކްސްގައި ބުނީ ޝަހުމުﷲ ރަށެއްގައި ހުރި ކަމަށް ފުލުހުންނަށް ގުޅައި މައުލޫމާތު ދީފައިވާ ކަމަށެވެ.
އަދި އޭނާގެ ހާލު ރަނގަޅުކަމަށް ވެސް ފުލުހުން ބުންޏެވެ.
އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.