މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ(އެމްއެމްޕީއާރުސީ)ގެ މާލީ ހާލަތު ގޯސްވީ ކުރީ ސަރުކާރުގެ ހަަތަރު އަހަރުގެ ގެއްލުމާ ހުރެކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
މަޖިލީހުގެ އެސްްއޯއީ ކޮމިޓީން ނެެރުނު ރިޕޯޓުގައި އެމްއެމްޕީއާރުސީގެ ބޮޑެތި މައްސަލަތަކެއް ވެސް ފާހަގަކޮށްފައި ވެއެވެ.
އެގޮތުން އެމްއެމްޕީއާރުސީއަށް ލިބެމުން ދިޔަ އާމްދަނީ އިންތިހާއަށް ދަށްވެ ގެއްލުމުގައި ހިންގުމާއި އަދި އެމްޕީއެލްއަށް ދައްކަން ޖެހޭ ބޮޑު ލޯނެއް ވެސް އަދާނުކުރާކަން ފާހަގަކޮށްފައި ވެއެވެ.
ރިޕޯޓާ ގުޅިގެން އެމްއެމްޕީއާރުސީން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ކުންފުނީގެ މާލީ ގެއްލުމުގެ ހާލަތުގެ މައިގަނޑު ސަބަބަކީ ކުރީގެ ސަރުކާރުގެ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ޖަމާވެފައިވާ މާލީ ގެއްލުން ކަމަށެވެ.
އެގޮތުން ކުރީ ސަރުކާރުތެ ފަހު ހަތަރު އަހަރުގެ ތެރޭގައި 203.9 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާކަމަށް އެ ކުންފުނިން ބުންޏެވެ.
އޭގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ 2021 ވަނަ އަހަރު އެވެ. އެއީ 142 މިލިއަން ރުފިޔާ އެވެ.
އެމްއެމްޕީއާރުސީން ބުނީ އެސްްއޯއީ ކޮމިޓީގެ ރިޕޯޓު ބަލައިގަނެ ހާމަކޮށް ބޮޑުގޮތެއްގައި ޖަވާބުދާރީވާނެ ކަމަށެވެ.