
މޯލްޑިވްސް ފެލާސް ގެ ފަރާތުން މިރޭ ކ.މާފުށީގައި “މޯލްޑްވްސް ފެލާސް ލައުންޖް” ކުލަގަދަ ރަސްމިއްޔާތަކާއެކު ހުޅުވަން ތައްޔާރުވެއްޖެއެވެ.
ހޭވައްލާބޮޑުބެރު ގްރޫޕްގެ ވަރުގަދަ ބޮޑުބެރުގެ ހަރަކާތަކާއެކު މިރޭ ހުޅުވަން ތައްޔާރުވެފައިވާ މޯލްޑިވްސް ފެލާސް ގެ ލައުންޖް އަކީ ޒަމާނީ ކުލަޖެހިގެން ކަސްޓަމަރުން ބޭނުންވާ ޙިދުމަށް އެއްފުރާޅެއްގެދަށުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް ހާއްސަކުރެވިގެން ހުޅުވޭ ތަނެއްކަމަށް މޯލްޑިވްސް ފެލާސްގެ އޯނަރ މުހައްމަދު ނަބީޙް (ނަބީ) ފާހަގަކޮށްފައިވެއެވެ.
މިގޮތުން އެކްކާޝްންގެ އެކި ވައްތަރުތަކާއި، ޑައިވިިން ގެ އިތުރުން ޕްރައިވެޓް ދަތުރުތަށް ބުކް ކޮށްލެވޭނެ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ. އަދި މިކަމަކީ އަބަދުވެސް ބައްޕަގެ ކުލަޖައްސަން ބޭނުންވެފައިވާ ހުވަފެނެއްކަމަށާއި ބައްޕަގެ މިހުވަފެނުގައި ކުލަޖެއްސުމުގެ ފުރުސަތު ލިބުނުކަމަށްޓަކައި ހަމްދުކުރާކަމަށެވެ.
އަދި މިރޭ މި ލައުންޖް ހުޅުވިގެންދާނީ “ޗީކާސް ބައި މޯލްޑިވްްސް ފެލާސް” ގެ ކެފޭއަކާއެކު ކަން ވެސް ފާހަގަކޮށްފައިވެއެވެ.
މޯލްޑްވްސް ފެލާސް އަކީ އެކްސްކާޝަން ހިދުމަށް މާފުށީގައި ފުޅާކޮށް ކުރިޔަށް ގެންދާތާ 3 އަހަރަށްވުރެ ގިނަދުވަސްވެ، ކަސްޓަމަރުންގެ އިތުބާރާއި ތަޖުރިބާ ލިބިފައިވާ ބައެއްކަންފާހަގަކޮށްލަންޖެހެއެވެ. މިރޭ ހުޅުވިގެންމިދާ ލައުންޖެ ގެ ސަބަބުން މިތަނުގެ މަސައްކަތް އިތުރަށް ފުޅާވެ މި މަސައްކަތް އިތުރު ހަރުފަތަކަށް ގެންދިޔުމަކީ އެންމެބޮޑު އަމާޒުކަމަށް ފާހަގަކޮށް ނަބީ ބުނެފައިވަނީ މިހާތަނަށް މިޙިދުމަތަކީ ކުރާހިތުންކުރާ ކަމެއްކަމަށާއި މތަނުން ދެވޭ ޙިދުމަތަކީ ފަތުރުވެރިންނަށާއި ދިވެހިންނަށްވެސް އެ ޙިދުމަތް ހޯދޭނެ ޙިދުމަތެއްކަމަށެވެ.

