މިދިޔަ އަންގާރަ ދުވަހު މާފަންނުގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ޕޯސްޓު މޯޓަމް ނަހަދައި އޭނާ މިއަދު ވަޅުލައިފި އެވެ.
މަރުވެފައި އޮއްވާ ފެނުނީ މ. އަލުވިމާގެ އާގެ، މުހައްމަދު ހިސާމް (40އ.) އެވެ.
ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ އެ މަރާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލައި ޕޯސްޓް މޯޓަމް ހެދުމާ ގުޅޭ ގޮތުން އާއިލާއާއެކު މަޝްވަރާކުރި ކަމަށެވެ.
އެހެން ނަމަވެސް އާއިލާއާއެކު މަޝްވަރާކުރުމަށް ފަހު ޕޯސްޓް މޯޓަމް ނަހަދަން ނިންމީ ކަމަށް ފުލުހުން ބުންޏެވެ.
އަދި މޯޗަރީން ހިސާމްގެ ހަށިގަނޑު ނެރެ މިއަދު އޭނާގެ އާއިލާއާ ހަށިގަނޑު ހަވާލުކުރި ކަމަށް ވެސް ފުލުހުން ބުންބެވެ.
ހިސާމްގެ ޖަނާޒާގެ ކަންކަން ނިންމައި މިއަދު އަސަރު ނަމާދަށް ފަހު އޭނާ ވަނީ އާ ސަހަރާގައި ވަޅުަލައިފަ އެވެ.