އދ. މާމިގިލި ކައިރީ މޫދަށް ނުކުތް ކުޑަކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނި ގޮތުގައި ފީނަން ގޮސް އުޅުނީ ގަތަރު ކުއްޖެކެވެ. އެއިން އެއް ކުއްޖަކު ގެއްލުނު ކަމުގެ ރިޕޯޓް ފުލުހަށް ލިބުނީ މިރޭ 7 ޖަހާކަށް ހާއިރެވެ.
ގެއްލިގެން ހޯދަމުން ދަނީ 15 އަހަރުގެ ކުއްޖެކެވެ.
އެ ކުއްޖާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އާއި ފުލުހުން އަދި ރަށު މީހުން ދަނީ ކުރަމުންނެވެ.