ރ. މަޑުއްވަރީގައި މީހަކަށް ވަޅިން ހަމަލާދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
މިޑީއާތަކަށް ފޮނުވި މެސެޖެއްގައި ފުލުުހުން ބުނީ ރޭ މަޑުއްވަރީގައި ދެ ބައެއްގެ ދެމެދުގައި ހިނގި މާރާމާރީގެ މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މާރާމާރީގައި އަނިޔާވި މީހާއަށް މަޑުއްވަރީ ހެލްތު ސެންޓަރުގައި ފަރުވާދިން ކަމަށް ފުލުހުން ބުންޏެވެ. ލިބުނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް ނޭނގޭ އެވެ.
ފުލުހުން ބުނީ މާރާމާރީއާ ގުޅިގެން 35 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުން އެ މާރާމާރީއަކީ ދެބެއިންގެ ދެމެދުގައި ހިނގި މާރާމާރީ އެކެވެ.