
މަސްތުވާތަކެތީގެ މައްސަލައެއްގައި ށ. ފޯކައިދޫން މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ ފޯކައިދޫގައި ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުންދިޔައިރު ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައިފާސްކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ށ. ފޭދޫ / އިރަމާގެ، މުޙައްމަދު ޢަބްދުއްރަޙީމް (44އ)އެވެ. މި ފެބުރުވަރީ މަހުގެ 25ވަނަ ދުވަހު ފޯކައިދޫ މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން މުޙައްމަދު ޢަބްދުއްރަޙީމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

