ވެހިކަލް އެތެރެކުރުމުގެ ކުރިން ހުއްދަ ނަގަން ޖެހޭ ގޮތަށް އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދަށް މިއަދު އިސްލާހު ގެނެސްފި އެވެ.
ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކުރި އާ ގަވައިދުގައި ބުނިގޮތުގައި ދެފުރޮޅުލީ އެއްގަމު
އުޅަނދު ފިޔަވައ،ި އެހެން ހުރިހާ އުޅަނދެއް ރާއްޖެ އެތެރެކުރުމުގެ ކުރިން އެ އުޅަނދެއް
ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ޓްރާންސްޕޯޓް މިނިސްޓްރީން ނަގަން ޖެހޭނެ އެވެ.
އަދި ހުއްދަ ނަގަން ހުށަހަޅާއިރ،ު އެ ވެހިކަލް އެތެރެކުރާ އުޅަނދު ގުދަންކުރުމަށް ހަމަޖެހިފައިވާ ގަރާޖުގެ ނުވަތަ ޝޯރޫމުގެ ނުވަތަ ގުދަނުގެ ހުއްދައިގެ ކޮޕީއާއި އުޅަނދު އެތެރެކުރާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ކުންފުނީގެ ރެޖިސްޓްރޭޝަން ސެޓްފިކެޓް، އުުޅަނދު ރާއްޖެ އެތެރެކުރުމުގެ ހުއްދައަށް އެދޭ ފޯމާއެކު ހުށަހަޅަން ޖެހޭނެ އެވެ.
އެ ގަވައިދަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެން ކަމަށް ވެސް ގަވައިދުގައި ބުނެފައި ވެއެވެ.
މިހާރު ގަވައިދު އޮންނަ ގޮތުން ކާރު ފަދަ ވެހިކަލް ރަޖިސްޓްރީކޮށްދެނީ އެ އުޅަނދު ބާއްވާނެ ތަނެއް ހުއްދައިގެ ކޮޕީ ހުށަހެޅުމުން ނެވެ، އެހެން ނަމަވެސް ގިނަ އަދަދެއްގެ ވެހިކަލް އެއް ގަރާޖަކަށް ރަޖިސްޓްރީކުރުމުގެ މައްސަލަ ބޮޑުކަމުން “ގަރާޖު ސިޓީ” އުވާލަން ވެސް މީގެ ކުރިން މަޖިލީހުން މަސައްކަތް ކުރި އެވެ.
އަދި އޭރު ބައެއް މެމްބަރުން ވަނީ ވެހިކަލް ބާއްވާނެ ތަނެއް ދެއްކުމުން ނޫނީ އެ ވެހިކަލް އެތެރެ ނުކުރެވޭނެ ގޮތް ހަދަން ވެސް ގޮވާލައިފަ އެވެ.