ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ ވިނަރެސް ޓަވަރުން މީހަކު ވެއްޓިއްޖެ އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ މީހާ ވެއްޓުނީ ވިނަރެސް 8 ގެ ޓަވަރުން ކަމަށެވެ.
އޭނާ އަށް ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން އެނގޭ ގޮތުގައި ވެއްޓިފައިވަނީ ފިރިހެނެކެވެ.