ހއ. ވަށަފަރުގެ ރަށު ރަމްޒެއްގެ ގޮތުގައި ހަދާފައިވާ މޮނިއުމަންޓް ހުޅުވައިފި އެވެ.
އެކަމަށް ޓަކައި ވަށަފަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މޮނިއުމަންޓް ހުޅުވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.
މޮނިއުމަންޓް ހުޅުވައިދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މިފަދަ މަސައްކަތްތަކުން ރަމްޒުކޮށްދެނީ ރަށުގެ ރައްޔިތުންނާއި ކައުންސިލުން ރަށުގެ ތަރައްގީއަށް ގެންގުޅޭ ވިސްނުން ކަމަށެވެ. އަދި ރަށުގެ ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަން މިފަދަ ކަންކަމުން ވަރަށް ބޮޑަށް ހާމަވެގެންދާ ކަމަށެވެ.
ހއ. ވަށަފަރު ރަމްޒުކޮށްދިނުމަށް ހަދާފައިވާ ރަށުރަމްޒު އިފްތިތާހު ކުރުން. ރަށުރަމްޒު ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ މިނިސްޓަރ އަބުދުالله ނާޒިމް އިބްރާހީމް.
މި ރަސްމިއްޔާތުގައި ކެލާ ދާއިރާގެ މެމްބަރ އަބުދުالله ޝަރީފު އަދި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި pic.twitter.com/e7Ufpyulkp— Ministry of Health (@MoHmv) June 6, 2025
ވަށަފަރުގައި ހަދާފައިވާ ރަށު ރަމްޒު ނުވަތަ މޮނިއުމަންޓަކީ އެ ރަށު މީހުން އުނބަށް ޖެހި ހާދިސާއަށް ބިނާކޮށް ހަދާފައިވާ މޮނިއުމަންޓެކެވެ.
މޮނިއުމަންޓުން ފެންނަން ހުންނަނީ އުނބެއްގެ މަތީގައި ބަހައްޓާފައިވާ ރިޔާ ނެގި ދޯންޏެކެވެ. މޫދުގައި ދަތުރު ކުރަމުންދާ މަންޒަރު ސިފަކޮށްދީފައިވާއިރު، އެ ދޯނީގެ ކައިރިން މަޑިއަކާއި ދެ ކޯމަސް ފެނެ އެވެ. ދޯނި މަތީގަ އާއި ކައިރީގައި ހުސް އުނބުތަކެއް ވެސް ހުރެ އެވެ.
އެ ދޯނި ހުރި ބޮޑު އުނބު ފަރުމާކޮށްފައި ވަނީ އޭގެ ތެރެއިން ފެން ފައިބާ ގޮތަށެވެ. އެ އުނބުގެ ވަށައިގެން ވަނީ މަސް ފެންގަނޑެއް ތައްޔާރުކޮށްފަ އެވެ.