
އޮސްޓްރޭލިޔާ ސަރުކާރުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ސަރވައިލަންސް ޑްރޯންތަކެއް ހަދިޔާކޮށްފިއެވެ.
އޮސްޓްރޭލިޔަން ބޯޑަރ ފޯސްއިން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހަދިޔާކުރެއްވި ޑްރޯންތައް ހަވާލުކޮށްދެއްވީ އޮސްޓްރޭލިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕެވެ. ކަސްޓަމްސްގެ ފަރާތުން ޑްރޯންތަކާއި ހަވާލުވެލެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާއެވެ.
މި އެހީގެ ސަބަބުން ބޯޑަރ އެންފޯސްމަންޓްގެ މަސައްކަތްތަކާއި، ޕޯޓްތައް ބެލެހެއްޓުމުގެ މަސައްކަތްތައް އިތުރަށް ވަރުގަދަވެގެން ދާނެކަމަށް ކަސްޓަމްސްއިން ބުނެއެވެ.

