ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޔާޒް މަންސޫރު އިސްތިއުފާ ދެއްވައިފި އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އެ މަގާމަށް އައްޔަންކުރި ފަޔާޒް އިސްތިއުފާ ދެއްވި ސަބަބެއް އެނގިފައެއް ނުވެ އެވެ.
ފަޔާޒް އިސްތިއުފާ ދެއްވާފައިމިވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު މައުރޫފް ޖަމީލް އިއްޔެ އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ.
އަންނަ މަހުގެ 18 އިން ފެށިގެން ރިޓަޔާކުރައްވާ ގޮތަށް މައުރޫފް މީގެ ކުރިން ނިންމާފައިވާއިރު އޭގެ ކުރިން އިސްތިއުފާ ދެއްވި ސަބަބެއް އެނގިފައެއް ނުވެ އެވެ.
މައުރޫފް ވަނީ ހުޅުމާލެ ހިއްކަން ފެށި ދުވަސްވަރު ކޮންސްޓްރަކްޝަން މިނިސްޓްރީގައި ހުންނަވައިގެން މަޝްރޫއު ކުރިއަށް ގެންދިއުމުގައި އިސް ދައުރެއް އަދާކުރައްވާފަ އެވެ.