ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބޯޑު މެމްބަރު ކަމަށް އިބްރާހިމް ތައާމު މުހައްމަދު މިއަދު އައްޔަންކޮށްފި އެވެ.
އެޗްޑީސީގެ ބޯޑު މެމްބަރު ކަމަށް ތައާމު އައްޔަންކުރިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ކުރި ޓްވީޓެއްގައި ވަނީ ހާމަކޮށްފަ އެވެ.
އެޗްޑީސީގެ ބޯޑަށް އައްޔަންކުރި ތައާމަކީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއް ވެސް މެ އެވެ.
އެޗްޑީސީގެ ބޯޑުގައި މި ވަގުތު 9 ޑިރެކްޓަރުން ތިބެ އެވެ.