އެސްއެމްއީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ މެނޭޖިން ޑިރެކްޓަރުކަމަށް ބަދުރުއްދީން ހަސަން މިއަދު އައްޔަނުކޮށްފި އެވެ.
އެ މަގާމަށް ބަދުރުދުއްދީން އައްޔަނުކޮށް އެސްޑީއެފްސީއިން މިއަދު އެކްސްގައި ބުނީ އެ ކޯޕަރޭޝަންއަށް އާ ޗެއާޕާސަންއެއް އައްޔަނުކޮށް ބޯޑަށް ވެސް މެމްބަރުން ވެސް އައްޔަނުކޮށްފައިވާ ކަމަށެވެ.
ޗެއާޕާސަންގެ މަގާމަށް އައްޔަނުކޮށްފައިވަނީ މުހައްމަދު ޝަރީފް އެވެ.
އެމްޑީގެ މަގާމަށް އައްުޔަނުކުރި ބަދުރުއްދީންއަކީ ބޭންކިންއާއި ފައިނޭންސިންގެ ދާއިރާގައި 13 އަހަރުގެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ.
ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްއިން އެމްބީއޭ ހާސިލުކޮށްފައިވާ ބަދުރުއްދީން ކުރިން ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ރީޓެއިލް ބިޒްނަސް ޑިވޮލޮޕްމަންޓް މެނޭޖަރުގެ މަގާމާއި ސީނިއާ މެނޭޖާ އޮފް ރީޓެއިލް ބޭންކިން، ހެޑް އޮފް ރީޓެއިލް ބޭންކިން އެންޑް ކާޑްސްގެ މަގާމު ވެސް ފުރުއްވައިފަ އެވެ.
ބަދުރުއްދީން އެންމެ ފުރަތަމަ އެސްޑީއެފްސީއާ ގުޅިވަޑައިގަތީ ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގެ ޑިރެކްޓަރުގެ މަގާމުގަ އެވެ.