މި އަހަރަކީ އެފްއެސްއެމްއަށް 25 އަހަރު ފުރޭ އަހަރުކަމަށް ވުމުން މިކަމުގެ މުނާސަބަތުގައި މި އަހަރުތެރޭގައި ގިނަ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެފްއެސްްއެމް އިން ބުނެފި އެވެ.
އެގޮތުން މުވައްޒަފުންނަށާއި އާންމު ރައްޔިތުންނަށް ބައިވެރިވެނޭނެފަދަ ހަރަކާތްތައް ހިމެނޭ އެވެ.
މީގެ ތެރެއިން ރަށްރަށުގެ ކޮމިއުނިޓީ ލައިބްރަރީތައް ގާއިމްކުރުމާއި، ގަސް އިންދުމުގެ ޕްރޮގްރާމްތަކާއި އެންޖީއޯ ތަކާއި ގުޅިގެން ކުރިއައް ގެންދާ ސީއެސްއާރް ހަރަކާތްތައް ވެސް ހިމެނޭނެ އެވެ.
މި ހަރަކާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައި މި ވަނީ އެފްއެސްއެމް އާއިލީ ހަވީރު އެވެ.
މީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަހާއި ގުޅިގެން އާންމުންނަށް ހާއްސަކޮށްގެން ބާއްވާ އިވެންޓެކެވެ.
މިކަމުގެ އިންތިޒާމްތައް ކުރަމުންދަނީ އެފްއެސްއެމްގެ ފިއުލް ރިކްރިއޭޝަން ކްލަބް އާއި ހުރިހާ ޑިޕާޓްމަންޓްތަކާއި ގުޅިގެންނެވެ.
މި ހަރަކާތް އޮންނާނީ މާދަމާ ހަވީރު (16 މޭ 2025) 4 -6 އަކަށް ކުޑަކުދިންގެ ބަގީޗާގަ އެވެ.
މި އިވެންޓަގައި ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތަކާއި ތަފާތު ގޭމްތައް ކުޅެލަން ފުރުސަތު ލިބިގެން ދާނެ އެވެ.
މީގެ ތެރެއިން ފޭސް ޕެއިންޓިންގް އާއި، ކޭކް ޑެކަރޭޝަންއާއި ގޯލް ޝޫޓިންގް، ބޯޓް ޕެއިންޓިންގް އާއި ސްނޭކް އެންޑް ލެޑާ ފަދަ އެކި ކުޅިވަރުތައް ހިމެނޭނެ އެވެ.
އަދި ޓްރާންސްމޯމާޒްއާއި ބައްދަލުކޮއްލާ ފޮޓޯ ނަގާ، އެކި ހަދިޔާތައް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
އެފްއެސްއެމްގެ އުންމީދަކީ ވީހާވެސް ގިނަ ފަރާތްތަކުން މި ހަވީރުގަ އާއިލާތަކާއި އެކީ އެކަމުގައި ބައިވެރިވުމެވެ.