
ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އިސް ސަފަކަށް ބަދަލެއް އައިސްފައިނުވާ ކަމަށާއި އަލުން ފުރުސަތެއް ދޭންޖެހޭ ސަބަބެއްނެތް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މާފަންނު އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އެމްޑީޕީގެ އައި ވިސްނުމެއް ނެތް ކަމަށާއި އިންތިޚާބު ބޯމަތިވެފައިވާ މި ދަނޑިވަޅުގައި އެމްޑީޕީއަށް ކެންޕެއިން ޖަގަހައެއް ހުޅުވިފައި ނުވާއިރު، ކެންޕެއިން ޖަލްސާއެއް ވެސް ބޭއްވިފައި ނުވާކަމަށެވެ.
“ހަމަ އެއް ބަޔަކު ނުކުމެ މި ބުނަނީ މޮޅު ގޮތެއް އެބަ އޮތޭ. ބައްލަވާ އިހަށް ދުވަހު ނޫންތޯ ގައުމުގެ ސޮވެރިން ފަނޑުގައި ހުރި 200 މިލިއަނެއްހާ ޑޮލަރު 2 މިލިއަނަށް ކުޑަ ކުރީ އެމީހުން ނޫންތޯ؟” އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން ޤައުމު ބަނގުރޫޓުކޮށް، ޑިފޯލްޓަކަށް ނުގޮސް އޮތްއޮތުން ސަލާމަތްކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްްޒުގެ ވެރިކަމުގެ ދެ އަހަރު ނިމުނުއިރު ދަޢުލަތުގެ ރިޒާވްގައި 1.1 ބިލިއަން ޑޮލަރު އެބަހުރި ކަމަށެވެ. އަދި ކައުންސިލްތައް ބާރުވެރިކުރުވާ އަންހެނުންގެ ތަަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް ޤާނޫނީ ބާރުވެރިކަން ހޯއްދަވައި ދެއްވާފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ހަމައެހެންމެ ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުން ވޭޕުގެ ވަބާއިން މިންޖުކޮށް، ދުންފަތުގެ ވަބާއިން ޤައުމު ސަލާމަތްކުމަށް މުހިންމު ފިޔަވަޅުތަކެއް ރާއިސް އެޅުވިކަން ފާހަގަކުރައްވައި، ކައުންސިލްތަކުގެ މުވައްޒިފުން ހަތަރުވަނަ ކެޓަގަރީން މައްޗަށް ޖައްސަވާ އަންހެނުންގެ ތަަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް ރޯދަ އިނާޔަތް ލިބޭނެ ގޮތް ހަމަޖައްސައި ދެއްވީ ރައީސް މުޢިއްޒުގެ ޒަޢާމަތުގައިކަން ވެސް ވަޒީރު ސައީދު ފާހަގަކުރެއްވިއެވެ.

