އަންނަ މަހުގެ ތިންވަނަ ދުވަހު އެމްޑީޕީން އިންތިޒާމްކޮށްގެން މާލޭގައި ބާއްވާ ބޮޑު އެއްވުމާ ގުޅިގެން މާލެ ސިޓީގައި ދެމި ބެނާތަައް ނަގައިފި އެވެ.
ބޮޑު އެއްވުމަށް އެމްޑީޕީން ބެނާތައް ދެމީ އެކަމަށް ހުއްދައަށް އެދި ދުރާލާއި މީގެ ހަފްތާއެއްހާ ދުވަސްކުރިން މާލޭ ސިޓީ ކައުންސިލައަށް ހުށަހަޅައިގެން ނެވެ.
ނަމަވެސް އެ ބެނާތައް ދަމާފައިވަނިކޮށް ކުއްލިއަކަށް ބެނާތައް ނެގުމުން ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މިރޭ އެކްސްގައި ވިދާޅުވީ ބެނާތައް ނެގިކަން އަޅުގަނޑަށް އޭނާއަށް އެނގިވަޑައިގެންނެވީ ރާއްޖެއިން ބޭރުގައި ހުއްޓާ ކަމަށެވެ.
އެހެން ނަމަވެސް އެއީ އިންސާފުވެރި ގޮތެއް ނޫންކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ އެމްޑީޕީ އަށް ވެސް ހުރިހާ ސިޔާސީ ޕާޓީ އަށް ވެސް ސިޔާސީ ހަރަކާތް ހިންގަން ހުރަސް އެޅިގެން ނުވާނެ ކަމަށެވެ.
އޮކްޓޯބަރު 3 ގައި އެމްޑީޕީ އިން މާލޭގައި ބާއްވާ ބޮޑު އެއްވުމާ ގުޅިގެން މާލޭގައި ދަމާފައިވާ ބެނަރތައް ނެގިކަން އަޅުގަނޑަށް އެނގުނީ ރާއްޖެއިން ބޭރުގައި ހުއްޓާ. އަޅުގަނޑު ދެކޭ ގޮތުގައި އެމްޑީޕީ އަށް ވެސް ހުރިހާ ސިޔާސީ ޕާޓީ އަށް ވެސް ސިޔާސީ ހަރަކާތް ހިންގަން ހުރަސް އެޅިގެން ނުވާނެ.…
— Mayor of Male’ City – Adam Azim (@adamazim) September 26, 2025
“އޮންނަ އުސޫލުގެ މަތިން ބެނާ ހަރުކުރެވެން ޖެހޭނެ. އަދި ބެނަރ ހަރުކުރުކުރުމުގައި އަޅުގަނޑު ބައިވެރިވެސް ވާނަން. އަދި އިރާދަކުރެއްވިއްޔާ ރާއްޖެ ހަމަމަގައް އެޅުވުމައް ބާއްވާ ބޮޑު އެއްވުމަށް ވެސް ދާނަން.” އާޒިމް ވިދާޅުވި އެވެ.
އެމްޑީޕީން ބޮޑު އެއްވުމެއް އަންނަ މަހު ބާއްވަނީ އެފަދަ އެއްވުމެއް ނުބާއްވާތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށެވެ.