
ރާއްޖޭގެ ސިއްހީ ޚިދުމަތްތައް ހަރުދަނާކުރުމަށް ޓަކައި މި ސަރުކާރުން ފެށި އެއަރ އެމްބިއުލާންސްގެ ޚިދުމަތަށް ފާއިތުވި ދެ އަހަރު ތެރޭ 114.1 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެންސްޕާ (ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ)އިން މިއަދު ނެރުނު ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެންސްޕާއިން ނެރުނު ތަފާސްހިސާބުތަކަށް ބަލާއިރު، މި ޚިދުމަތަށް ޚަރަދުކުރެވުނު ޖުމްލަ 114.1 މިލިއަން ރުފިޔާގެ ތެރެއިން މިދިޔަ އަހަރު އެކަނި ވެސް 29 މިލިއަން ރުފިޔާ ވަނީ ޚަރަދުކުރެވިފައެވެ. އަދި މި އަހަރުގެ މިހާތަނަށް 85މިލިއަން ރުފިޔާ ޚަރަދުކޮށްފައި ވެއެވެ.
އެއަރ އެމްބިއުލާންސް ޚިދުމަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުގެ ދަށުން ގައުމީ އެއަރލައިން، މޯލްޑިވިއަންއިން ދޭ ޚިދުމަތެކެވެ. މީގެ ކުރީން މި ޚިދުމަތްދީފައި ވަނީ އިންޑިއާ ސިފައިންގެ އެހީތެރިކަމާ އެކު އެ ގައުމުން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތަކުގައެވެ. މީގެ އިތުރުން ގައުމީ އެއަރލައިންގެ ބޯޓްތަކުގައި ވެސް ބަލިމީހުން އުފުލައިފައިވެއެވެ.

