
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ން ޑޮލަރުތަކެއް ފޭރުނު މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
ކޯޓުން މި އަމުރު ނެރުނުކަން ފުލުހުން ކަށަވަރުކޮށްދެ އެވެ.
މި މައްސަލާގައި ހައްޔަރުކުރި މީހުންނަކީ:
- މާޒިން މޫސާ، 25 އަހަރު، ރޭޝަން/ލ. މާވަށް
- އަހުމަދު ރައިހާން ނައީމް، 20 އަހަރު، މ. ކޯރަސް
- އިބްރާހިމް އަނޫފް، 24 އަހަރު، އަޅިވިލާގެ/ކ. ގުރައިދޫ
- ހުސެން ޝަހުދު، 30 އަހަރު، އަޅިވިލާގެ/ކ. ގުރައިދޫ
މި މަހުގެ 27 ވަނަ ދުވަހު މި މީހުން ފޭރިގެން ގެންދިޔައީ އެއާޕޯޓުން ބޭރަށް ފުރާ ދަތުރުވެރިން ނަގަން ހަމަޖެހިފައިވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑޮލަރުތަކެކެވެ.
އެނގިފައިވާ ގޮތުގައި ގާތްގަނޑަކަށް އެއް ލައްކައަށް ވުރެ ގިނަ ޑޮލަރު ހުރި ބްރިފްކޭހެއް ފޭރިގަތެވެ. ކުށުގެ ބައިވެރިވާ ކަމަށް ތުހުމަތުކުރެވޭ ބަޔަކު އަތުލައިގަތް ނަމަވެސް އަދި ފައިސާ ނުހޯދެ އެވެ.

