
2025 އޮކްޓޯބަރު 27ވަނަ ދުވަހު ފަތިހު އެއަރޕޯޓުގައި ހިންގި ފޭރުމުގެ މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައިގެ ތުހުމަތުގައި 2026 ޖެނުއަރީ 13ވަނަ ދުވަހު، މީޒާން / ރ.މަޑުއްވަރި، އިސްމާޢީލް ސިރްޙާން (30އ) ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި ޖުމުލަ 8 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ އެންމެން ވެސް ތިބީ ފުލުހުންގެ ބަންދުގައި ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލައިގެ ތަހުގީގުގައި ފުރިހަމަކުރަން ޖެހޭ މަސައްކަތްތައް ފުލުހުން ގެންދަނީ ކުރަމުންނެވެ.

