
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އިލެކްޝަންްސް ކޮމިޝަނުން “ވޯޓަށް ތައްޔާރު” ނަމުގައި މާދަމާ ޢާއިލީ ހަވީރެއް ބާއްވަން ނިންމައިފިއެވެ.
އިލެކްޝަންްސް ކޮމިޝަނުން ބުނީ، މި ޢާއިލީ ހަވީރު އޮންނާނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރުއްގަނޑު 3(ގާޑިޔާ ސަރަހައްދު)ގައި ކަމަށާއި ޢާއިލީ ހަވީރު ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާގެ ހަވީރު 16:00 އިން ފެށިގެން 18:00އަށް ކަމަށެވެ. އަދި މި ހަވީރުގައި ކުޑަކުދިންނާއި ގުޅޭ ތަފާތު ކުޅިވަރުތަކާއި ސްޓޭޖު ހަރަކާތްތަކުގެ އިތުރުން އިނާމުތައް ލިބޭ ހަރަކާތްތައް ވެސް ކުރިއަށްގެންދާނެ ކަމަށް އެ ކޮމިޝަނުން މަޢުލޫމާތުދެއެވެ.
#LCEWDCE2026 #LCE2026 #WDCE2026 #ECM@hrcmv @PoliceMv @ACC_Maldives pic.twitter.com/dOsnvOPZP3
— Elections Commission (@ElectionsMv) February 12, 2026
މީގެ އިތުރުން މި ޙަރަކާތުގެ ތެރެއިން ރީ -ރަޖިސްޓަރީވުމާއި އިންތިޚާބު ކުރިއަށްދާ މަރުކަޒުތަކުގެ އޮފިޝަލުންނަށްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ މަޤާމަށް ހުށަހެޅުމުގެ އިތުރުން ޓާސްކްފޯސް ވަޒީފާތަކަަށް އޮތް ފުރުސަތުތަކުގެ މަޢުލޫމާތު ދިނުން ވެސް ކުރިއަށްދާނެ ކަމަށް އީސީ ބުނެއެވެ.

