1446 ވަަނަ އަހަރުގެ އަޟްހާ އީދު އިސްލާމީ އިމުގެ ތެރެއިން ފާހަގަކޮށްފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް ޖަމްޢިއްޔަތުއްސަލަފުން އެފަރާތްތަކަށް ހަނދާނީ ލިޔުންދީފި އެވެ.
ރޭގައި ސަލަފުން ބޭއްވި ހަފުލާއެއްގައި ވަނީ 8 ފަރާތަކަށް ހަނދާނީ ލިޔުން ދީފަ އެވެ. މި ހަފްލާގައި ހަނދާނީ ލިޔުން ލިބުނު ފަރާތްތަކަކީ އދ.ދަނގެތި ޖަމްއިއްޔަތުލް ގަލަމް، ގާފަރު ކައުންސިލް، ހދ.ނޮޅިވަރަމު ޖަމްޢިޔަތުލް ރިސާލަ، ރ. ކިނޮޅަސް ކައުންސިލް، ދ.ކުޑަހުވަދޫ ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ އާއި އެރަށުގެ ބްރަދާސް އެކަޑަމީ އަދި ހދ. ވައިކަރަދޫ ކައުންސިލު، ނަޑެެއްލާ އައިލެންޑް ޑެވެލޮޕްމެންޓް ސޮސައިޓީ އެވެ.
އެ ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ހަފްލާގެ ޝަރަފުވެރި މެހެމާން އެލްޖީއޭގެ ޑިރެކްޓާ ޖެނެރަލް އާދަމް ޝަރީފެވެ.