
އިއްޔެ ގުޅީފަޅު ކައިރިން، މަރުވެފައި އޮއްވާ ކަނޑުމަތިން ފެނިފައި ވަނީ ޗައިނާ ރައްޔިތެއްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، އެއީ ޗެންގް ޖިއާ (38އ) ކަމަށާއި އޭނާ ކަނޑަށް ވެއްޓިފައި ވަނީ އިއްޔެ 12:48 އެހާއިރު، ހުޅުމާލެ ބޭރުގައި އޮތް ބާޖަކުން، އެ ބާޖު ކައިރީގައި އޮތް ލޯންޗަކަށް އަރަން އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި އޭނާ ވެއްޓުމުން ލޯންޗުގައި ތިބި މީހުން އޭނާ ސަލާމަތްކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށާއި އެވަގުތު އޭނާ ކަނޑުގައި އޮއްވާ ފެނުނު ނަމަވެސް، ފަހުން އޭނާ ނުފެނިގެން އެސަރަހައްދުން ދަތުރުކުރި އެހެން ލޯންޗަކަށް މަޢުލޫމާތުދީ، އޭނާ ހޯދުމުގެ މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ވެސް ފުލުހުން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން، ކޯސްޓްގާރޑުން ޗެންގް ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އޭނާ މަރުވެފައި އޮއްވާ ފެނިފައި ވަނީ އެ ދުވަހު 13:32 އެހާއިރު ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

