
އިއްޔެ ވެސް ޤަވާއިދާ ޚިލާފަށް މާލޭގައި ހިންގަމުން ދިޔަ 17 ތަނެއް ބަލާ ފާސްކޮށް ފަސް ވިޔަފާރިއެއް ބަންދުކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކޮށް، މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، މާލޭގައި ހިންގަމުން ދިޔަ 17 ތަނެއް ބަލާ ފާސްކޮށްފައިވާކަމަށެވެ. އަދި އެ އޮޕަރޭޝަންގައި އެއް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.
ސްޕާ/ސެލޫން ފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި އިއްޔެ ވަނީ މާލޭގައި ހިންގަމުންދިއަ 17 ތަނެއް ބަލައި ފާސްކޮށް، 01 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި. އަދި މީގެތެރެއިން 05… pic.twitter.com/dNAf2LiTmJ
— Maldives Immigration (@ImmigrationMV) December 16, 2025
ދިވެހިރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ބިދޭސީން ވިޔަފާރި ކުރަމުންގެންދާ ކަމުގެ ޝަކުވާތައް އަބަދުވެސް ލިބެމުންދާ ކަމަށް ސަރުކާރުގެ އިދާރާތަކުންނާއި އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި މި ކަންކަން ބަލައި ޙައްލުކުރުމަށް “ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް”ގެ ނަމުގައި ޚާއްސަ ޓާސްކްފޯހެއް ވަނީ އެކުލަވާލާފައެވެ.

