
އިރާން ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ހުރިހާ ފަރާތްތަކަށް ރާއްޖެއިން މިއަދު ގޮވާލައިފި އެވެ.
އެމެރިކާއާއި އިސްރާއިލް ގުޅިގެން އިރާނަށް ހަމަލާ ދޭން ފެށީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. އަދި އިރާނުންވެސް ވަނީ ރައްދުގައި ހަމަލާ ދޭން ފަށައިފަ އެވެ.
އޭގެ އިތުރުން އަރަބި ގައުމުތަކުގައި ހުންނަ އެމެރިކާގެ މިލިޓަރީ ބޭސްތަކަށް ވެސް އިރާނުން ދަނީ ހަމަލާ ދެމުން ނެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު އިސްރާއިލާއި އެމެރިކާއިން އިރާނަށް ދޭ ހަމަލާތަކާއި އިރާނުން އަރަބި ގައުމުތަކަށް ދޭ ހަމަލާތައް ވެސް ކުށްވެރިކޮށްފަ އެވެ.
އެމެރިކާއިން އިރާނުގެ ސްކޫލަކަށް ހަމަލަދީ އެތައް ކުޑަކުދިންތަކެއް ޝަހީދުކޮށްލި ހާދިސާއާއި އިރާނުގެ ހޮސްޕިޓަލުތަކާއި އަދި އިރާނުގެ ތެޔޮ ފެސިލިޓީތަކަށް ދެމުންދާ ހަމަލާތައް ވެސް ރާއްޖެއިން ކުށްވެރިކުރި އެވެ.
އަދި އެ ހަމަލާތަކާ ގުޅިގެން މަސްރަހު ގޯސްވެ ސުުލްހަ ގާއިމުކުރުމަށް ހުރަސް އެޅެމުންދާތީ ހުރިހާ ފަރާތްތަކަކުން ވެސް ހަމަލާތައް ބަދަލުކުރުން ހުއްޓާލަން ރާއްޖެއިން ގޮވާލި އެވެ.

