ރާއްޖެއިން ބަޖެޓް ސަޕޯޓަށް ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ލޯނު ދެއްކުން އިންޑިއާއިން އަނެއްކާވެސް ފަސްކޮށްދީފި އެވެ.
ބަޖެޓު ސަޕޯޓަށް ދިވެހި ދައުތަލުން ނެގީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް 50 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލެވެ.
މިދިޔަ އަހަރު މުއްދަތު ހަމަވާ ތިން ޓީ ބިލެއް އެސްބީއައިއިން ވަނީ ގަނެފައެވެ. އޭގެ ތެރެއިން އެއް ޓީ-ބިލަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ސަރުކާރުން ވަނީ ފައިސާ ދައްކާ ހަލާސްކޮށްފަ އެވެ. އެއީ 50 މިލިޔަން ޑޮލަރުގެ ޓީ-ބިލެކެވެ. ދެވަަނަ ޓީބިލް މިދިޔަ އަހަރުގެ މެއި މަހު ދައްކާ ގޮތަށް އޮތް އޮތުން މި އަހަރުގެ މޭ މަހަށް އިންޑިއާއިން ދަންމާލި އެވެ.
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް “އެކްސް” ގައި މިއަދު ވިދާޅުވީ ޓީ-ބިލު އަނބުރާ ދެއްކުން އަނެއްކާވެސް ފަސްކޮށްދީފައިވާ ކަމަށެވެ.
ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާގެ 50 މިލިއަން ޑޮލަރުގެ ދަރަނި ރޯލްއޯވާ ކޮށްދީފި
މި 50 މިލިއަން ޑޮލަރަކީ މިދިޔަ އަހަރުގެ މޭމަހު އޭރު ފޮރިން މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރާއެކު ބޭއްވި ބައްދަލުކުރެއްވުމަށް ފަހު ހަމަޖެހިގެން ދިޔަ އަދަދެކެވެ.