
މާދަމާއިން ފެށިގެން، އާސަންދައިން ނަފްސާނީ ބަލީގެ ހުރިހާ ފަރުވާއެއް ކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ނަފްސާނީ ބައްޔަށް ހިނގާ ހުރިހާ ޚަރަދެއް އާސަންދަ ސްކީމް މެދުވެރިކޮށް ހަމަޖެއްސުމަށް ނިންމަފައިވާ ކަމަށެވެ. އެގޮތުން އެ ޚިދުމަތްތައް ލިބޭނެ ބައެއް ކްލިނިކްތައް ވެސް ވަނީ އިއުލާންކޮށްފައެވެ.
އޭގެތެރޭގައި ހިމެނެނީ:
- އީވް ކްލިނިކް
- ވީ – ކެއަރ ކައުންސިލިންގ އެންޑް ސައިކޯތެރަޕީ ސެންޓަރ
- މެޑްނޯވަރ މެޑިކަލް ސެންޓަރ
- އެލީޓް މެޑިކަލް ސެންޓަރ
- ސެނަހިޔާ
- ކުލުނު މެޑިކަލް ކްލިނިކް
- ސައިމާ ކެއަރ
ނަފްސާނީ ބައްޔަށް ހިނގާ ހުރިހާ ޚަރަދެއް އާސަންދަ ސްކީމް މެދުވެރިކޮށް ހަމަޖެއްސުން pic.twitter.com/XHGzzfGpmI
— NSPA (@NSPAmaldives) December 31, 2025
މީގެ އިތުރުން ތެލަސީމިއާ ބަލި ތަޙައްމަލްކުރަމުންދާ ފަރާތްތަކަށް ވަކި އެލަވަންސެއް ހަމަޖެއްސުމާއި ޕްރައިވެޓް ހޮސްޕިޓަލްތަކުންނާއި ކްލިނިކްތަކުން ލިބޭ ހުރިހާ ބާވަތެއްގެ ތެރަޕީގެ ޚިދުމަތްތައް އާސަންދަ ސްކީމް މެދުވެރިކޮށް ލިބޭ ގޮތަށް ހަމަޖެއްސުން، އަދި ފަޤީރު ޙާލަތުގައި ދިރިއުޅޭ، އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ މިންވަރު އިތުރުކުރުމުގެ އިތުރުން މެރަނާ ސްކީމުގެ ތެރެއިން ފިލިޕީންސްގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އެންސްޕާއިން މަޢުލޫމާތުދެއެވެ.

