ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ޗެއާޕާސަންގެ މަގާމުންނާއި އެ ކުންފުނީގެ ބޯޑު މެމްބަރުކަމުން އަދި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެސްޑީއެފްސީ) ގެ ބޯޑު މެމްބަރުކަމުން މުހައްމަދު ޝާމީ އާދަމް ވަކިކޮށްފި އެވެ.
އާރުޑީސީގެ ޗެއާމަންގެ މަގާމަށް ޝާމީ އައްޔަންކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ.
ޕީސީބީން މިއަދު “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނީ އާރުޑީސީގެ ޗެއާޕާސަންގެ މަގާމުންނާއި އެ ކުންފުނީގެ ބޯޑު މެމްބަރުކަމުން ޝާމީ ވަކިކޮށްފައިވާ ކަމަށެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޗެއަރޕާސަންގެ މަޤާމުންނާއި އެކުންފުނީގެ ބޯޑުގެ މެމްބަރުކަމުން، މ. އެމޭޒަން އަލްފާޟިލް މުޙައްމަދު ޝާމީ އާދަމް، 27 އެޕްރީލް 2025 ވީ އާދިއްތަ ދުވަހު ވަނީ ވަކިކޮށްފައެވެ.
— Privatization & Corporatization Board (@pcb_gov) April 28, 2025
އެ ބޯޑުން ކުރި އިތުރު ޕޯސްޓެއްގައި ބުނީ އެސްޑީއެފްސީގެ ބޯޑު މެމްބަރުކަމުގެ މަގާމުން ވެސް އޭނާ ވަކިކޮށްފައިވާ ކަމަށެވެ.
އެސްޑީއެފްސީގެ ބޯޑަށް ޝާމީ އައްޔަންކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ބޯޑު މެމްބަރުކަމުން، މ. އެމޭޒަން އަލްފާޟިލް މުޙައްމަދު ޝާމީ އާދަމް، 27 އެޕްރީލް 2025 ވީ އާދިއްތަ ދުވަހު ވަނީ ވަކިކޮށްފައެވެ.
— Privatization & Corporatization Board (@pcb_gov) April 28, 2025
މަގާމުތަކުން ޝާމީ ވަކިކުރި ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެ އެވެ.