އަދާލަތު ޕާޓީ އާ އަލުން ގުޅިވަޑައިގެން އެ ޕާޓީގެ ރައީސް ކަމުގެ މަގާމަށް ވާދަކުރެއްވުމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ނިންމަވައިފި އެވެ.
“އެކްސް” ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ އެ ޕާޓީގެ ސީނިއާ އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން ހިދުމަތް ކުރެއްވި އަދާލަތު ޕާޓީ އާ ގުޅިވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށެެވެ.
“މި އަހަރު ފަހުކޮޅުގައި ޕާޓީގެ އާ ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބުގައި އަޅުގަނޑު ވާދަކުރާނަން،” ޝަހީމް ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.
ޝަހީމްގެ ނިންމެވުމަށް އެ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ދީނީ އިލްމުވެރިން ގެންދަނީ މަރުހަބާ ވިދާޅުވަމުންނެވެ. އޭގެ ތެރޭގައި އެ ޕާޓީގެ ނައިބު ރައީސް ޝައިހް މުހައްމަދު ޝިފާން އިލްމުވެރިންގެ މަޖިލިސްގެ ރައީސް ޝައިހް އިލްޔާސް ހުސައިން އަދި އެ މަޖިލިހުގެ މެމްބަރު ޝައިހް ހުސައިން އަންސާރުގެ އިތުރުން އެ ޕާޓީގެ ޖުޑީޝަލް ކޮމިޓީގެ ޗީފް ޖަސްޓިސް ޑރ. މުހައްމަދު އިޔާޒް ހިމެނިވަޑައިގަންނަވަ އެވެ.
ތަފްސީލު އަންނަނީ…