
އައްޑޫ މަތިކިޅި ކައިރި ވަލުތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ އެ ހާދިސާގެ ރިޕޯޓް މިއަދު 11:45 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔާ ސްޓޭޝަނަށް ލިބުމާ އެކު، އެ ފަޔާ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކުރި ކަމަށެެވެ.
މިގޮތުން، ފަޔަރފައިޓަރުން ކުރި މަސައްކަތުން 12:05 ހާއިރު އަލިފާން ނިއްވާލިކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވާކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.
މަތިކިޅި ކައިރިން ވަލުތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގިއިރު މަތިކިޅި އިކޯގާޑަންގައި ދޭތެރެ ދޭތެރެއިން އަލިފާން ރޯކޮށްލުމުގެ ހާދިސާތައް ހިނގާފައިވެއެވެ. އެގޮތުން މިދިޔަ އޮކްޓޫބަރު މަހު ވެސް ރޯކޮށްލުމުން އިކޯގާޑަން ވަރަށް ބޮޑަށް އެނދިއެވެ.

