އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ކެތު ލެބެއް ހިންގައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ކެތު ލެބު ފަސަ އަހަރުގެ މުއްދަތަށް މެނޭޖުކޮށް އޮޕަރޭޓްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
އެހެންވެ އެ މަސައްކަތަށް “އެކްސްޕްރެޝަން އޮފް އިންޓްރެސްޓް” (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު އެކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް މި މަހުގެ 29އާ ހަމައަށް ހުޅުވާލައިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އަންނަ ބުދަ ދުވަހުގެ ކުރިން ހުށަހެޅުމަށް ވެސް މިނިސްޓްރީން ވަނީ އެދިފަ އެވެ.
ސަރުކާރުގެ ހޮސްޕިޓަލެއްގައި ކެތު ލެބެއް އެންމެ ފުރަތަމަ ހުޅުވީ 2016 ވަނަ އަހަރު އައިޖީއެމްއެޗުގަ އެވެ.
ކެތު ލެބުގެ ހިދުމަތް އޭޑީކޭގައި ވެސް މިހާރު ދެއެވެ.