
އައްޑޫ މީދޫ އާއި ހުޅުދޫ އަދި ފޭދޫގައި ވަކިވަކި ކައުންސިލެއް އުފެއްދުމާމެދު އެ ތިން ރަށުގެ ރައްޔިތުންގެ ފެންނަ ނުފެންނަ ގޮތް ބެލުމަށް ކުރިއަށް ގެންދާ ވޯޓް ނެގުން ފަށައިފިއެވެ.
ވޯޓްލުން ފެށުމަށް ތާވަލްކޮށްފައިވަނީ ހެނދުނު 8:00 ކަމުގައިވީ ނަމަވެސް އެ ގަޑީގައި ވޯޓްލުން ފެށިފައެއްނުވެއެވެ. ވޯޓް ފޮށިތައް ބަންދު ކުރުމަށް ތާވަލް ކުރެވިފައިވަނީ ހަވީރު 4:00 އަށެވެ. މި ވޯޓްގައި 9،576 މީހަކަށް ވޯޓް ލުމުގެ ޙައްޤު ލިބެއެވެ. އެއީ:
- ހުޅުދޫ – 2،874 މީހަކަށް
- މީދޫ – 2،347 މީހަކަށް
- ފޭދޫ – 4،355 މީހަކަށް
އިލެކްޝަން ކޮނިޝަނުން ބެނެފައިވަނީ މާލެ އާއި މީދޫ އާއި ހުޅުދޫ އަދި ފޭދޫގައި ޖުމްލަ 18 ވޯޓް ފޮއްޓެއް ބެހެއްޓިފައި ހުންނާނެއެވެ. އެއީ މާލޭގައި ދިރިއުޅޭ އެ 3 ރަށުގެ މީހުން ވޯޓް ލުމަށް 7 ފޮށި، ހުޅުދޫގައި 3 ފޮށި، މީދޫގައި 3 ފޮށި އަދި ފޭދޫގައި 5 ފޮއްޓެވެ.
ވޯޓް ލުމުގެ ސުންގަޑި ހަމަވުމުން ހުރިހާ ފޮއްޓެއްގެ ވޯޓު ގުނައި ވަގުތީ ނަތީޖާ ޢިއުލާން ކުރާނެ ކަމަށާއި ދާޢިމީ ނަތީޖާ މާދަމާ ޢިއުލާން ކުރާނެ ކަމަށް އިލެކްޝަން ކޮމިޝަންއިން ބުނެފައިވެއެވެ.

