ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި އަންނަ ފަރާތްތަކަށް ހާއްސަކޮށް ފުލޫ ކްލިނިކްތަކެއް އައިޖީއެމްއެޗް އަދި ހުޅުމާލޭ ހޮސްޕިޓަލުގައި ހުޅުވައިފި އެވެ.
އައިޖީއެމްއެޗްގެ ފުލޫ ކްލިނިކަށް ދައްކަންދާން ބޭނުންވާ ހުރިހާ ފަރާތްތަކުންވެސް ފުރަތަމަ ދާންޖެހޭނީ އީއާރް ޓްރިއޭޖް ކައުންޓަރަށް ކަމަށް އައިޖީއެމްއެޗުން މައުލޫމާތުދެ އެވެ. އެގޮތުން ކިއުބީ ޓޯކެން ސިިސްޓަމްއިން ފުލޫ ކުލިނިކުގެ ޓޯކެން ނަމްބަރެއް ނެގުމުން، ފުލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ދިއުމަށް ޓްރައޭޖްއިން އިރުޝާދު ދޭނެ ކަމަށް ވެސް އައިޖީއެމްއެޗުން މައުލޫމާތުދެ އެވެ.
އައިޖީއެމްއެޗްގެ ފްލޫ ކްލިނިކް ކޮންމެ ދުވަހަކު ހެނދުނު ދިހައަކުން ރޭގަނޑު ދިހައެއް ޖަހަންދެން ހުޅުވިފައި ހުންނާނެ އެވެ. ހުޅުމާލޭ ހޮސްޕިޓަލުގައިވެސް ފްލޫ ކްލިނިކް ވަނީ ހުޅުވާފަ އެވެ.
ހުޅުމާލޭގައި ކްލިނިކް ހުުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ މެންދުރު ފަހު 14:00 އިން ރޭގަނޑު 20:00 އަށެވެ. ފްލޫ ކްނިކަށް ދައްކަން ދާއިރު މާސްކް އެޅުއްވުމަށް ވެސް ހޮސްޕިޓަލް ތަކުން ވަނީ އިރުޝާދު ދީފަ އެވެ.
ހުޅުމާލޭ ފުލޫ ކްލިނިކުގެ އިތުރު މައުލޫމާތު ހޯދުމަށް 1417އަށް ގުޅުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފަ އެވެ. ހައްޖުވެރިންގެ ފުރަތަމަ ފްލައިޓް އަންނާނީ މިއަދު މެންދުރު ސައުދީ އެއާލައިނުންނެވެ. އެޗްޕީއޭއިން ވަނީ ކުޑަކުދިން އެއަރޕޯޓަށް ނުގެންދިއުމަށާއި ވީހާވެސް މަދުބަޔަކު އެއާޕޯޓަށް ގެންދިއުމަށް އިލްތިމާސްކޮށްފަ އެވެ.