
ތެލެސީމިއާ ހުންނަ ކުދިންނަށް ދައުލަތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އަންނަ މަހުން ފެށިގެން ތެލެސީމިއާ ކުދިންނަށް 20000 ރުފިޔާގެ އެލަވަންސްއެއް ދޭން ފަށަން ސަރުކާރުން ނިންމައިފި އެވެ.
ހެލްތު މިނިސްޓްރީން މިރޭ ނެރުނު ބަޔާނުގައި ބުނީ އެ އެލަވަންަް ދޭނީ ތެލެސީމިއާ ދަފުތަަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން ތެލެސީމިއާގެ އެލަވަންސް ދިނުމާ ގުޅޭ ކަންކަން ބަޔާންކުރާ ގަވައިދުގެ ދަށުން ޝަރުތުހަމަވަ ފަރާތްތަކަށް ކަމަށެވެ.
އެގޮތުން އަންނަ މަހުން ފެށިގެން އެފަދަ ފަރާތްތަކަށް ކޮންމެ މަހަކުވެސް 2000 ރުފިޔާގެ އެލަވަންސްއެއް އަންނަ މަހުން ފެށިގެން ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
އެލެވަންސް ލިބޭނީ އެކަމަަށް އެދި ހުށަހެޅުމުންކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެހެންކަމުން “ވަން ގަވް”ގެ ތެލެސީމިއާ ދަފްތަރުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް ވެސް ހެލްތު މިނިސްޓްރީން އިލްތިމާސްކުރި އެވެ.
ތެލެސީމިއާ ކެރިއަރުންތޯ ބަލަން ޓެސްޓުކުރުމުގެ ކަންކަން ފާއިތުވި އަހަރުތަކުގެ ތެރޭގައި ފުޅާކުރި ނަމަވެސް އަދިވެސް ތެލެސީމިއާ ހުންނަ ކުދިން ރާެއްޖޭގައި އުފަންވަމުންދާކަން ފާހަގަކޮށްލެވެ އެވެ.

