ރާއްޖެ އައި ކްރޫޒް ލައިނާއަކުން އައި 2000އެއްހާ ފަތުރުވެރިންނަށް އިމިގްޜޭޝަންއިން ކްލިއަރެންސް ދީފި އެވެ.
އޮސްޓްރޭލިއާގެ ޕާތުން “އެމްއެސްސީ މެގްނިފިކާ” ނަމަކަށް ކިޔާ އެ ކްރޫޒްލައިނާ ފުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.
އިމިގްރޭޝަންއިން އެކްސްގައި ބުނީ އެ ކްރޫޒްލައިނާ ރާއްޖެ އައީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.
އަދި އެ އުޅަނދުން އައި 1866 ފަތުރުވެރިންނާއި 952 ފަޅުވެރިންނަށް ވިސާ ކްލިއަރެންސް ހަމަޖައްސައިދިން ކަމަށް ވެސް އިމިގްރޭޝަންއިން ބުންޏެވެ.
Seaport Division's En-Route Clearance Service for MSC Magnifica: Departed from Fremantle-Perth, Australia on 27th Mar 2025 and arrived in Malé, Maldives on 3rd April 2025. With 1,866 passengers and 952 crew members, this marks the longest trip for Seaport en-route clearance,… pic.twitter.com/y7oMtNSIja
— Maldives Immigration (@ImmigrationMV) April 6, 2025
“މިއީ ޕެސިފިކް ކަނޑުން އިންޑިއާ ކަނޑުން ރާއްޖެއައި އެންމެ ދިގު ދަތުރަކަށް ކްލިއަރެންސް ހަމަޖައްސައިދިން ފަހަރު” އިމިގްޜޭޝަންއިން ބުންޏެވެ.
ކްރޫޒް ލައިނާތަކުން ދޭތެރެ ދޭތެރެއިން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަންނަމުންދާ އިރު މި އަހަރު މިހާތަނަށް ރާއްޖެއަށް ބައި މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.
މި އަހަރު 2.2 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ކަނޑައަޅާއިފަ އެވެ.